Tuesday, 28 July 2026
Arab News

ތާރީޚީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތާރީޚީ ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހުވާކުރައްވައިފިއެވެ.

މޯދީ އަކީ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއަށްފަހު ފަހުން ޖެހިޖެހިގެން ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ލީޑަރެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އޭނާގެ ހިންދޫ-ނޭޝަނަލިސްޓް ބީޖޭޕީން ވަނީ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ ދަށުން އިންޑިއާގައި ވެރިކަން ކޮށްފައެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރާޝްތްތަޕަތީ ބަވަން ގައި މިއަދު އިރުއޮއްސި 7 ޖެހި އިރު ބާއްވާފައި ވާ އިރު އެ ރަސްމިއްޔާތަށް ހާއްސަ ދައުވަތެއްގެ ގޮތުގައި އިންޑިއާ އާ އަވަށްޓެރި ގައުމުތަކުގެ ވެރިން ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ތާރީޚީ ތިންވަނަ ދައުރަކަށް މޯދީ ހުވައި ކުރައްވާފައި މި ވަނީ, އެންޑީއޭ ކޯލިޝަންގައި ހިމެނޭ 14 ޕާޓީގެ ތާޢީދާ އެކުގައެވެ. މީގެ ކުރިން އިންޑިއާގައި ބޭއްވި ދެ ޢާންމު އިންތިޚާބުގައި ވެސް ބީޖޭޕީން ވަނީ ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރަށް, ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ލޮކް ސަބާއިން މެޖޯރިޓީ, ނުވަތަ އަޣުލަބިއްޔަތު ހޯދާފައެވެ.

ފާއިތުވި ދެ ދައުރުގައި މޯދީ ވަނީ އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. އިޤުތިޞާދީ ގޮތުން އިންޑިއާ މިއަދު ދެކެމުންދާ ކުރިއެރުމުގެ ބާނީއަކީ މޯދީ ކަމުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *