Monday, 26 October 2026
Dr. Kerem Kınık

އިސްރާއީލުން ޣައްޒާގެ ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި އާންމުންގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި

ހުކުރު ދުވަހުގެ ރޭ ދަންވަރު އާންމުންގެ ހަތަރު މީހަކު ޝަހީދުވެފައިވާއިރު، ޣައްޒާ ސިޓީގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި 8 ކުޑަކުދިންނާއެކު އިތުރު 14 މީހަކު ޒަޙަމްކޮށްލައިފިއެވެ.

ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން އަވަށުގެ ގެއަކަށް ބާރުގަދަ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ޝަހީދުވ،ެ ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.

ދެކުނުގައި އޮންނަ އަކަބަތު ޖަބްރް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ ވަދެ ފަލަސްތީނުގެ 11 މީހަކުވެސް ޒަހަމްކޮށްލިއެވެ.

ވަފާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތިޔާރު އެޅި އިސްރާއީލު ސިފައިން އަކަބަތު ޖަބްރުގެ ބައެއް ގެތަކަށް ވަދެ ބަލައި ފާސްކުރުމުގެ ކެމްޕެއިނެއް ހިންގައި، އެ މީހުން ވަނީ އެސަރަހައްދުގެ ރައްޔިތުންނަށް އަނިޔާކޮށް ގޯނާކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *