ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ސްލޮވީނިއާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ތާއީދުކޮށް ދިން ވޯޓުތަކުގެ ސަބަބުން ބަލައިގެންފިއެވެ.
ސްލޮވޭނިއާއިން މިގޮތަށް ނިންމާފައި މިވަނީ ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގަތްތާ ދުވަސްތަކެއް ފަހުންނެވެ. މިކަން ކޮށްފައިވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ތާއީދުކޮށް ވޯޓު ދިނުމުން ނެވެ.
ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަޓް ގޯލޫބް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން 1967 ވަނަ އަހަރުގެ ބޯޑަރުތަކުގައި ފަލަސްތީނަކީ މިނިވަން އަދި ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.
މިހާރު 148 ގައުމަކުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނައިރު، އެއީ އދގެ ތިންބައިކުޅަ ދެބައި ހިއްސާކުރާ ގައުމެކެވެ.


