Tuesday, 28 July 2026

އައިސީޖޭގެ ނިންމުންތަކާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނަށް އިހުތިރާމް ކުރުމަށް ފިންލޭންޑުން އިސްރާއީލަށް ގޮވާލައިފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ ހުކުމްތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ފިންލެންޑުގެ ޚާރިޖީ ވަޒީރު އެލީނާ ވަލްޓޮނެން މިއަދު އިސްރާއީލަށް ގޮވާލައިފި އެވެ.

ރަފާ ކައިރީގައި އޮންނަ އަލްމަވާސީ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭ ގޮތުން "އެކްސް" ޕްލެޓްފޯމްގައި ވަލްޓޮނެން ވިދާޅުވީ ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަފާއަށް ހަމަލާ ނުދިނުމަށް ފިންލޭންޑުން އަބަދުވެސް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

ވަލްޓޮނެން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުވުމާ ގުޅިގެން ހިތާމަކުރައްވާ ކަމަށާއި އައިސީޖޭއާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އިއްޔެ ރަފާހް ކައިރީގައި އޮންނަ އަލްމަވާސީ ސަރަހައްދަށް ހަމަލާދީ އެތައް މިސައިލެއް ފޮނުވައި، 21 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *