Tuesday, 28 July 2026

ސްރީލަންކާގައި ފޯންޕޭ ޔޫޕީއައި ޕޭމަންޓް ތައާރަފްކޮށްފި

ބެންގަލޫރުގެ ފޯންޕޭ އާއި ލަންކާޕޭ ގުޅިގެން ސްރީލަންކާގައި ފޯންޕޭ ޔޫޕީއައި ޕޭމަންޓް ތައާރަފްކޮށްފި އެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ފޯންޕޭ އިން ބުނީ ސްރީލަންކާއަށް ދަތުރުކުރާ އެކުންފުނީގެ އެޕް ބޭނުންކުރާ ފަރާތްތަކަށް ޔޫޕީއައި (ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް) ބޭނުންކޮށްގެން ލަންކާޕޭ ކިއުއާރް މާޗަންޓުންނަށް ފައިސާ ދެއްކޭނެ ކަމަށެވެ.

މި މުއާމަލާތްތައް ފަހިކޮށްދިނުމަށް ހަމަޖެހިފައިވަނީ ޔޫޕީއައި އާއި ލަންކާޕޭ ނެޝަނަލް ޕޭމަންޓް ނެޓްވޯކުންނެވެ. ނަގުދު ފައިސާ އުފުލުމެއް ނެތި ނުވަތަ ކަރަންސީ ކޮންވާޝަން ހިސާބުނުކޮށް ރައްކާތެރި އަދި އަވަސް ފައިސާ ދެއްކުމަށް ލަންކަންކިއުއާރް ކޯޑް ސްކޭން ކުރެވޭނެ އެވެ. ފައިސާ އެކްސްޗޭންޖް ރޭޓް ދައްކުވައިދޭ ގޮތަށް އެ ފައިސާ ޑެބިޓް ކުރާނީ އިންޑިއާގެ ފައިސާއިންނެވެ.

މި ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންތޯޝް ޖާ އާއި ސްރީލަންކާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންހަގެ އިތުރުން ބޭންކިން ދާއިރާގެ އެގްޒެކެޓިވްސް އާއި ޕޭމަންޓް ސިސްޓަމް ޕްރޮވައިޑަރުންނާއި ބިޒްނަސް އެސޯސިއޭޝަންތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖާ ވަނީ ދަންނަ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއްގެ ފަސޭހަކަމުގެ ސަބަބުން އިންޑިއާގެ ޓޫރިޒަމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޮޓެލް ބުކިން، ކެބް ބުކިން އަދި ޑެލިވަރީގެ ހިދުމަތުގެ އިނޮވޭޝަންތަކަށް ޔޫޕީއައި ސްޓޭކް ހެދުމަށް އިންޑިއާގެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ސްރީލަންކާގެ ކުންފުނިތަކަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

2022 ވަނަ އަހަރު ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާއާއި ކުރިމަތިލާން ޖެހުނު ސްރީލަންކާގެ އިޤްތިޞާދު ކުރިއެރުވުމުގައި އިންޑިއާގެ ފަތުރުވެރިންގެ ބޮޑު ޙިއްޞާއެއް އަދާކުރިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ގުޅިގެން ލަންކާޕޭއާ ގުޅިގެން ސްރީލަންކާގައި ޔޫޕީއައިގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *