އިއްޔެ ބަޑިޖަހާ ޒަހަމްކޮށްލި ސްލޯވޭކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ނެތް ކަމަށް އެމަނިކުފާނުގެ ނައިބު ޓޮމާސް ތަރާބާ ވިދާޅުވެއްޖެ އެވެ.
ފީކޯގަޔަށް ބަޑި ޖަހާފައިވަނީ އެ ގައުމުގެ ހެންޑްލޯވާގައި އޮތް ބައްދަލުވުމަކަށް ފަހު ނުކުމެ ވަޑައިގަތް ވަގުތު ކަމަށް އެގައުމުގެ ސަރުކާރުންވަނީ ވިދާޅުވެފަ އެވެ.
ފީކޯގެ ހަށިކޮޅަށް ބަޑި ޖަހާ ޒަހަމް ކޮއްލުމާއެކު އެމަނިކުފާނު ވަނީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލްއަށް ގެންގޮސް ސާޖަރީތަށް ކޮއްފައި ކަމަށް އެމަނިކުފާނުގެ ނައިބު ބީބީސީއަށް ދިން ބަސްތީގަތުމެއްގައި ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ އޭނާ މިހާރު ހުރީ ފަސް ގަޑިއިރުގެ ސާޖަރީއަކަށް ފަހު އިންޓެންސިވް ކެއާ ޔުނިޓެއްގައި ކަމަށެވެ.
މި ހަމަލާއަކީ ބޮޑުވަޒީރުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ކަމަށާއި އަދި މިކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވަނީ މި ނިރުބަވެރި އަމަލު ހިންގި ފަރާތް ކަމަށް އެ ގައުމުގެ ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ ހާމަކުރައްވައިފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ލިޔުންތެރިއެކެވެ. އެކަމަކު ރަސްމީކޮށް ހައްޔަރުކުރި މީހާގެ މައުލޫމާތު ހާމަނުކުރާތީ، އެ ހަމަލާދިން ސީދާ ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.
މަންޒަރުދުއް މީހުން ބީބީސީއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ވަރަށް އަވަސް ތިން ހަމަލާއެއް ދިން އަޑު އިވިފައިވާކަމަށެވެ.


