Tuesday, 28 July 2026

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން ސިލްސިލާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެއްޖެ

ޣައްޒާގެ މީހުން ދިރިއުޅޭ ގެތަކަށާއި ޣައްޒާގެ އުތުރުގައި ވާ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ރައްޔިތުންނާއި ސިއްހީ މަސްދަރުތަކުން ބުނެފި އެވެ.

އިޒްރޭލުން ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ގެއަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ހުރި ފަލަސްތީނުގެ ކުރީގެ ގައިދީއެއް ކަމަށްވާ އަހްމަދު ޣުނީމް އާއި ކުޑަކުދިން ހިމެނޭ ގޮތަށް އޭނާގެ އާއިލާގެ ތިން މީހުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެއިތުރުންވެސް ޣައްޒާ ސިޓީގައި މީހުން ދިރިއުޅޭ އެހެން އިމާރާތަކަށް ދިން ވައިގެ ހަމަލާތަކުގައި އިތުރު ބަޔަކު ޝަހީދުވެ، ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އަލްދާވާ ސްޓްރީޓް ޖަންކްޝަން ކައިރީގައި ހުރި ގުދަނަކާއި ފިހާރަތަކަށާއި ދަނޑުބިންތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ ހެލިކޮޕްޓަރުތަކާއި އަސްކަރީ ވެހިކަލްތަކުން ވަނީ ރަފާގެ މެދުތެރެއާއި އިރުމަތީ ސަރަހައްދަށްވެސް ބަޑީގެ ހަމަލާތައް ދީފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،904 އަށް އަރާފައެވެ. އަދި 78،514 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *