ރަފާހާއި ކަރްމް އަބޫ ސަލީމް ކްރޮސިން ވަގުތުން ހުޅުވާލުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިސްރާއީލަށް ގޮވާލައްވައިފި އެވެ.
ގުޓެރޭޒް ވަނީ އިޒްރޭލުން ހިންގަމުންދާ މި ހަމަނުޖެހުންތައް ވަގުތުން ހުއްޓުވުމަށް ގޮވާލައްވާފައެވެ.
"ރަފާ އާއި ކެރެމް ޝަލޯމް ކްރޮސިން އެއްފަހަރާ ބަންދުކުރުމަކީ މިހާރުވެސް ކުރިމަތިވެފައިވާ އިންސާނީ ހާލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެތަންތަން ވަގުތުން ހުޅުވަން ޖެހޭ،" ގުޓެރޭޒް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ގުޓެރޭޒްވަނީ އާންމުން ތޮއްޖެހިފައިވާ ރަފާހަށްބޮޑު ހަމަލާއެއް ދިނުމަކީ އިންސާނީ ކާރިސާއަކަށް ވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިސްރާއީލު ސިފައިން ވަނީ ރަފާހް ބޯޑަރު ހުރަސްކުރާ ފަލަސްތީނުގެ ފަރާތް ހިފަހައްޓައި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލާފައެވެ.


