Tuesday, 28 July 2026

ރަފަހަށް އިޒްރޭލު ސިފައިން ކާޕެޓް ބޮމުގެ ހަމަލާތަކެއް ދީފި

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ އިރުމަތީގެ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން އިއްޔެ ހަވީރު ކާޕެޓް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ރަފަހަށް މި ހަމަލާދީފައި މިވަނީ އިސްރާއިލް ސިފައިން އާބާދީ ބޮޑު އެ ޕްރޮވިންސަށް އެއްގަމު މަގުން އަރައިފާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި އާޓިލަރީތަކުން އިރުމަތީ ރަފާހަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ސިޓީގެ މައްޗަށް ހާއްސަކޮށް އިރުމަތީ ސަރަހައްދުތަކަށް ފްލޭއާތައް ފޮނުވާލުމާ އެކު، އެތައް ބައިވަރު ރިކޮނިސެންސް ޑްރޯންތަކެއް އުދުހެމުން ދިޔަ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.

ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހްގެ އިރުމަތީ ބޯޑަރު ފެންސާ ދިމާލަށް އިސްރާއީލުގެ އަސްކަރީ އުޅަނދުތައް ދަތުރުކުރާ ކަމުގެ ޚަބަރުތައް ވެސް ވަނީ ފެތުރިފައެވެ.

ވަށާލާފައިވާ އެންކްލޭވްގައި ގެދޮރު ގެއްލިފައިވާ އެތައް ލައްކަ މީހުންގެ އެންމެ ފަހު ހިޔާވަހިކަމުގެ ގޮތުގައި ދިރިއުޅެމުންދަނީ ރަފާހްގައވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން އެއްގަމު ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުގެ އިސްތިއުމާރީ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދަކީ "ސޭފް ޒޯނެއް" ކަމަށް ބުނެ އެ ސަރަހައްދުގެ އުތުރާއި މެދުން ދެކުނުފަރާތަށް އާންމުން ދިއުމަށް އަންގާފައެވެ.

ގާތްގަނޑަކަށް 65 އަކަ ކިލޯމީޓަރުގެ ކުޑަ ސަރަހައްދެއް އޮންނަ ރަފާހުގައި މިއަދު ފަލަސްތީނުގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، އޭގެ ތެރެއިން ގިނަ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް އިސްރާއީލުން ދިން ހަމަލާތަކުގެ ފުރަތަމަ މަރުހަލާތަކުގައި ފިލަން މަޖުބޫރުވެފަ އެވެ.

މުޅި އެ ސިޓީގައި ފެތުރިފައިވާ އެތައް ހާސް ޓެންޓުތަކުގެ ތެޜޭގައި ދިރިއުޅެމުންދާ ގެދޮރު ގެއްލިފައިވާ މީހުންނަށް ނުރައްކާތެރި ހާލަތްތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި ޓެންޓުތަކުން މަގުމަތީގެ މަގުތައް ވެސް ވަނީ ތޮއްޖެހިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *