Tuesday, 28 July 2026

ރޯދަމަހުގެ ފެން ބިލްތަކުން ވެސް ޑިސްކައުންޓު ދޭން ނިންމައިފި

އޭޕްރީލް މަހާއި މާޗް މަހުގެ ފެން ބިލު އާއްމު މަސްތަކަށްވުރެ ބޮޑުނަމަ 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފިއެވެ.

މިއަދު ފެން ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ކުރިން ފޮނުވި ފެން ބިލްތަކުގެ ތެރެއިން ރޯދަ މަހުގެ ފެނުން ޑިސްކައުންޓް ނުދެވޭ ބަޔަށް ވެސް ޑިސްކައުންޓް ދޭނެ ކަމަށް ބުނެފަ އެވެ. ކުރިން ޑިސްކައުންޓު ދީީފައިވަނީ 11 މާޗުން 11 އޭޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލުތަކަށެވެ.

ރޯދަމަހުގެ ޔުޓިލިޓީ ބިލްތަށް ބޮޑުވެ އާއްމުންގެ ޝަކުވާތަށް ލިބުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓުދޭން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުންނެވެ.

ސްޓެލްކޯ އަދި ފެނަކައިން ވެސް ބުނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *