ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމަށް ކުރާ މަޝްވަރާ ތަކަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސް އަޅާކަމަށް ފަލަސްތީނުގެ ޢައްޒާގެ ދިފާއުގާ ހަނގުރާމަކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
"މީގެ ކުރިން ކުރި ހުރިހާ މަޝްވަރާ މަޝްވަރާތަކުގެ ހުރަހަކީ ނަތަންޔާހޫ، އަދިވެސް އޭނަ ދަނީ އެކަމަށް ހުރަސް އަޅަމުން' ހަމާސް އިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މެދުކެނޑުމެއްނެތި އިސްރާއީލުން ޢައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޢައްޒާ ވަނީ ބިމާ ހަމަވެ ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލި މުޅި އެ ސަހަރު ވަނީ ބަނޑަށްޖެހިފަ އެވެ.
މިހާރު ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމުގެ މައިގަނޑު ސަބަބަކީ ހަގުރާމަ ދާއިމީ ގޮތަށް ހުއްޓާލައި ފަލަސްތީނުގެ ބިންތަކުގައި ތިބި އިސްރާއީލްގެ ސިފައިން ފައިބާ އެތަނުގައި ފަލަސްތީނުގެ މީހުން އާބާދު ކުރުމަށް ހަމާސްއިން ކުރަމުންގެންދާ ޑިމާންޑްގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާތަކުން އަންނަނީ ހަމަލާތައް ހުއްޓާލުމަށް ކެނޑިނޭޅި އިސްރާއީލަށް ގޮވާލާ އަދި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކުގައި އިސްރާއީލުން އިސްނެގުމަށްވެސް ގޮވާލަމުންނެވެ. މީގެ އިތުރުން ހަމާސްގެ ހައްޔަރުގައި ތިބި އިސްރާއީލްގެ މީހުން ސަލާމަތް ކުރުމަށް ހަމަލާތައް ހުއްޓާލާ ސުލްހަ ގާއިމް ކުރުމަށް އިސްރާއީލްގެ ރައްޔިތުން ވެސް ދަނީ އެގައުމުގެ ސަރުކާރަށް ޕްރެޝާރ ކުރަމުންނެވެ.
ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އިސްރާއީލުގެ ޖަވާބަކަށް މި މަޝްވަރާތަކުގައި މެދުވެރިންގެ ރޯލު ކުޅޭ ގައުމުތަކުން ތިބީ އިންތިޒާރުގައި ކަމަށެވެ.
މިސްރާއި ގަތަރު އަދި އެމެރިކާ ގުޅިގެން ކުރި މަސައްކަތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައި ވަނީ ހަފްތާއަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލާ އިސްރޭލުން 200 އެއްހާ ފަލަސްތީނުގެ ގައިދީން މިނިވަންކޮށްފައެވެ. އަދި ހަމާސްއިން ވެސް ވަނީ 80 އެއްހާ އިސްރާއިލްގެ ގައިދީން ދޫކޮށްލާފަ އެވ.


