Tuesday, 28 July 2026

އަބޫދާބީގެ ރޫލަރސް ރެޕްރެޒެންޓޭޓިވް ޝެއިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަހްޔާން އަވަހާރަވެއްޖެ

އަލްއައިން ސަރަޙައްދުގައި ހުންނަވާ އަބޫދާބީ ރޫލަރސް ރެޕްރެޒެންޓޭޓިވް ޝެއިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަހްޔާން އަވަހާރަވީ މިމަހުގެ އެއްވަނަ ވާ ބުދަ ދުވަހުއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 82 އަހަރެވެ.

މިކަމާއި ގުޅިގެން އެ ޤައުމުގެ ރިޔާސީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މެއި މަހުގެ އެއްވަނަ ބުދަ ދުވަހުން ފެށިގެން މެއި މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަތް ދުވަހުގެ މުއްދަތަށް ރަސްމީ ހިތާމައާއި ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެކްސް"ގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން މި ހިތާމައިގައި ބައިވެރިވެ، އަލް ނަހްޔާން އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެއިތުރުން ދުބާއީގެ ނައިބު ރައީސް އަދި ރަސްގެފާނު ޝެއިޚް މުހައްމަދު ބިން ރާޝިދު ވަނީ، އަލް ނަހްޔާން އާއިލާއަށާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝައިޚް ތަހުނޫން އަވަހާރަވުމާ ގުޅިގެން ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުޙައްމަދުވެސް ވަނީ ޓްރިބިއުޓް ދެއްވާފައެވެ.

ޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަކީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާން ޅިޔަން ބޭބޭފުޅެވެ. ޝައިޚް ތަހުނޫން ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވީ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝައިޚާ ހެސާ ޝައިޚް ޒައިދުއާ އެވެ.

ޝައިޚް ތަހުނޫން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރައްވައި، 1971 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޔޫނިއަން އިޢުލާނުކުރެއްވުމަށް ފަހު ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކުގައި ޝައިޚް ޒައިދާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާފައެވެ.

ޝައިޚް ތަހުނޫން ވަނީ އަބޫދާބީގެ އެގްޒެކެޓިވް ކައުންސިލާއި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ އަދި ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންކަން ވެސް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *