Wednesday, 29 July 2026
Debris scatters the ground near damaged homes following a severe storm Friday, March 15, 2024, in Lakeview, Ohio. (AP Photo/Joshua A. Bickel)

އޮކްލަހޯމާއަށް ތޫފާންތަކެއް އަރައި ހަތަރު މީހަކު މަރުވެއްޖެ

އެމެރިކާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ އޮކްލަހޯމާއަށް ތޫފާންތަކެއް އަރައި ހަތަރު މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ގާތްގަނޑަކަށް 5،000 އެއްހާ މީހުން ދިރިއުޅޭ ސަލްފަރު އަވަށަށް އެރި މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އިމާރާތްތައް ފުނޑުފުނޑުވެ، ވެހިކަލްތަކާއި ގެތަކުގެ ފުރާޅުތައް ވަނީ ވައިގެތެރެއަށް އުކާލާފައެވެ.

މި ކާރިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް ހިއުސް ކައުންޓީގެ އިމަޖެންސީ މެނޭޖްމަންޓް ޑިރެކްޓަރު މައިކް ޑޮކްރީ ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ވެދަރ ސަރވިސް (އެންޑަބްލިއުއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަޙައްދަށް 38 ތޫފާނެއް އަރާފައިވާއިރު، ހޮނިހިރު ދުވަހުގެ ފަތިހުގެ ނިޔަލަށް މެދުތެރޭ އޮކްލަހޯމާގެ މެދުތެރެއިން އެންމެ ނުރައްކާތެރި ތޫފާންތައް އައިސްފައިވަނީ ހުޅަނގު އުތުރު ޓެކްސަސް، ހުޅަނގު މިސޫރީ އަދި ކެންސަސްއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *