އިޒްރޭލުގެ އާޓިލަރީއިން ރޭ ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅައިފިއެވެ.
މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވަފާއިން ވަނީ ބުނެފައެވެ.
ވަފާއިން ގޮތުގައި އިސްރާއީލު ސިފައިން ވަނީ އެކި ދިމާލުން ސްޓްރިޕްގެ އުތުރުގައި އޮންނަ ބެއިޓް ހަނޫން އަވަށަށް ވަދެފަ އެވެ. އޮކިއުޕޭޝަން އާޓިލަރީއިން ވަނީ އެ އަވަށުގެ ޝެލްޓާ ސެންޓަރުތަކުގެ ކައިރީގައި ވެސް ބޮން އަޅާފަ އެވެ.
ޣައްޒާގެ އުތުރުގެ ބެއިޓް ލަހިޔާގެ އަލް-ޝައިމާ މަގަށް ވެސް އިސްރާއީލުގެ އާޓިލަރީއިން ހަމަލާދީފައިވާއިރު، އަސްކަރީ ވެހިކަލްތަކާއި ކުއަޑްކޮޕްޓާ ޑްރޯންތަކުން ވަނީ ޣައްޒާގެ މެދުގައި ވާ އަލް މުޣުރާކާ އާއި އަލް ޒަހްރާ ސަރަހައްދުތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައެވެ.


