Tuesday, 28 July 2026

އިސްރާއީލު ސިފައިން ޤާލްޤިލިޔާގެ އިރުމަތީގައިވާ އަވަށާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީފި

ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޤާލްޤިލިޔާގެ އިރުމަތީގައި އޮންނަ ފަރާޓާ އަވަށަށް އިޒްރޭލުސިފައިން ރޭ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.

ވަފާއިން ރިޕޯޓުކޮށްފައިވާގޮތުގައި ފަލަސްތީނުގެ ބިމުގައި ގަވައިދާ ހިލާފަށް ހަދާފައިވާ ހަވަތު ގިލާޑް ކޮލޮނީގެ ކޮލޮނިސްޓުން އެ އަވަށާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދިން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މީގެއިތުރުން އިޒްރޭލުގެ ސިފައިން ރޭ ވަނީ ރާމަاللهގެ އިރުމަތީގައި އޮންނަ ބުރުގާ އަވަށަށް ހަމަލާދީ ޖަނަވާރު ގެންގުޅޭ ކޮއްޓެއްގައި ވެސް އަލިފާން ރޯކޮށްލާފައެވެ.

ބުރުގާ ވިލެޖް ކައުންސިލްގެ ވެރިޔާ ސައްޔިލް ކަނާން އާއި ހަވާލާދީ ވަފާގައި ވަނ އުތުރާއި ހުޅަނގު ފަރާތުން އެ އަވަށަށް އިސްރާއިލު ސިފައިނހަމަލާދީ ބަކަރި ގެންގުޅެން ބޭނުންކުރާ ޝެޑެއްގައި ރޯކޮށްލާފައިވާ ކަމަށް ބުނެފައެވެ.

އަދި ރަށުގެ ހުޅަނގު ފަރާތުގެ އެހެން ގެތަކުގެ އިތުރުން އުތުރު ފަރާތުގައި ހުރި ގެއަކަށް ވަނުމަށް ވެސް ސިފައިން މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހަމަލާގައި އިސްރާއީލު ސިފައިން ބައިވެރިވި އިރު، އެ އަވަށުގެ ޢާންމު ރައްޔިތުންގެ ގަޔަށް ސައުންޑް ބޮމާއި ވިހަ ކަރުނަ ގޭސް ވެސް އިސްރާއިލު ސިފައިން ޖަހާފައިވެ އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *