Tuesday, 28 July 2026

ސަލާމަތީ ޚިދުމަތްތަކުގެ ވެރިންގެ ބައްދަލުވުމުގެ ރިޔާސަތު ރައީސް މަހްމޫދު އައްބާސް ބަލަހައްޓަވައިފި

ފަލަސްތީނުގެ ސަލާމަތީ ހިދުމަތްތަކުގެ ވެރިންގެ ބައްދަލުވުމެއްގެ ރިޔާސަތު އެ ޤައުމުގެ ރައީސް މަހްމޫދު އައްބާސް ބަލަހައްޓަވައިފި އެވެ.

ރަމަالله ގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މަހްމޫދު އައްބާސް ވަނީ ދާޚިލީ ޙާލަތާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބައްލަވާލައްވާފައެވެ.

އަދި ފަލަސްޠީނަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކަށް ރިއާޔަތްކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ސާބިތުކަން ކޮންމެ ތަނެއްގައިވެސް ހަރުދަނާކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާއާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޙުސައިން އަލްޝައިޚާއި ފަތަޙް ޙަރަކާތުގެ ޑެޕިއުޓީ ޗެއަރމަން މަޙްމޫދު އަލް އަލޫލް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *