އީރާނުން ފޮނުވާލި މިސައިލް ހަމަލާތައް އިސްރާއިލާއި ހަމަޔަށް ގޮސްފައިވާކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އިސްރާއިލުގެ ވެރިރަށް ތެލް އަވީވް މިހާރު ދަނީ ސައިރެންގެ އަޑުން ގުގުމަމުންނެވެ. އަދި އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ އާންމުންނަށް ބޮމުން ރައްކާތެރކޮށްދޭ ޝެލްޓަރުތަކަށް ވަނުމަށް ގޮވާލަމުންނެވެ.
އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނީ އެ ޖަމާއަތުން ހަމަލާ ދޭން ފެށީ "ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލޭޓަށް ދިން ހަމަލާ ފަދަ ޒަޔަނިސްޓް ސަރުކާރުން [އިސްރާއީލުން] ތަކުރާރުކޮށް ހިންގާ ޖަރީމާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން" ކަމަށެވެ.


