Tuesday, 28 July 2026

އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އީރާނުން އިސްރާއިލަށް ފޮނުވާލި މިސައިލް ހަމަލާތަކާއި ގުޅިގެން އިރާގުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އިރްބިލް އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖްމަންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިރާގުގެ ވައިގެ ސަރަހައްދުން ބަންދުކުރަން ނިންމި ހިސާބުތަކުގެ ތެރޭގައި އިރާގުގެ ކުރުދީ ސަރަހައްދު ވެސް ހިމެނޭ ކަމަށެވެ.

އީރާނުން ދާދި ދެންމެއަކު ވަނީ އިސްރާއިލަށް މިސައިލް ހަމަލާތަކެއް ލޯންޗްކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑްރޯންތަކުގެ ދެވަނަ ރާޅެއް ފޮނުވާލާފައިވާއިރު، އެ ޑްރޯންތައް މިހާރު ހުރި ތަންތަނުގެ ތަފްސީލެއް އަދި ނޭނގެކަމަށެވެ. މިކަމާ ގުޅިގެން އައިޑީއެފްގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ ޑްރޯންތައް އިސްރާއީލަށް އައުމަށް އެތައް ގަޑިއިރެއް ނަގާނެ ކަމަށާއި ނުރައްކާތެރި ސަރަހައްދުތަކުގައި ނުރައްކަލުގެ އެލާމް އަޅާނެކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *