Tuesday, 28 July 2026

ސްކައިފޯލް ރޯދަވީއްލުން – ޑައިން އަދި ޑެލިވަރީގެ ޚިދުމަތް!

ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދާފައިވާ ސްކައިފޯލް ރެސްޓޯރެންޓުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް ވަނީ ރޯދަވީއްލުމުގެ ތަފާތު ގިނަ ޕެކޭޖުތަކެއް އެކުލަވާލާފައެވެ. އެގޮތުން ހަފްތާގެ ކޮންމެ ދުވަހަކުވެސް ތަފާތު މެނޫއެއް ހިމެނޭ މި ރޯދަވީއްލުންތައް އަޖުމަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގޮތުން ބަލާއިރު، ސްކައިފޯލް ރެސްޓޯރަންޓަށް އައިސް، އެތަނުގެ މާހައުލުގެ ހިތްގައިމުކަމާއެކު ރޯދަވީއްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިއަދުގެ ރޯދަ ވީއްލުމުގައި އަގަކަށް ކަނޑައަޅާފައިވަނީ މީހަކަށް 299 ރުފިޔާއެވެ.

އާއިލާތަކާއި ރައްޓެހިންނާއެކު، ހިތްގައިމު މާހައުލެއްގައި ރޯދަވީއްލުމުގެ ތަޖުރިބާ ކޮށްލުމަށް ސްކައިފޯލް އެއްވަނައެވެ.

ސްކައިފޯލް އިފްތާރު ޕެކޭޖުތައް

އޭގެ އިތުރުން، އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް ސްކައިފޯލްއިން ވަނީ ރޯދަވީއްލުން ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތްވެސް ފަށާފައެވެ. ސްކައިފޯލްގެ ތަފާތު އެކި މެނޫތަކުގެ އަޖުމަ ބަލާލުމަށް އޯޑަރ ކުރުމަށް ގުޅާނީ 9639393 ނުވަތަ 9779771 އަށެވެ.

ހަމައެއާއެކު، އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުވެސް ރޯދަ ވީއްލުމުގެ އިންތިޒާމު ވީހާވެސް ރަނގަޅަށް ހަމަޖެއްސުމަކީވެސް ސްކައިފޯލްގެ އަމާޒެކެވެ.  އެކަމަށްޓަކައި ސްކައިފޯލްގެ މުޅި ޓީމުންވެސް ޚާއްސަ އިސްކަމެއްދޭނެއެވެ.

ބޮޑުތަކުރުފާނު މަގު ބްރިޖް ވިއު ސަރަޙައްދުގައި ހުރި މި ރެސްޓޯރަންޓު ރަމަޟާން މަހު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް 03:00ން މެންދަމު 01:30 އަށެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައިވެސް  "ފައިންޑައިން" އާއި އޯޕަން އެއަރ ޑައިންއަށް ޚާއްސަކޮށް މި ރެސްޓޯރަންޓުގައި ޚިދުމަތް ދިނުމަށް ވަނީ އިންތިޒާމު ކުރެވިފައެވެ.

އަދި ކޮފީއަކަށް ނުވަތަ މީރު ބުއިމަކަށް އިންސާފު ކޮށްލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *