ބޭނުންވާ ތަކެތި:
200 ގުރާމު ބޯންލެސް ޗިކަން (ބޮޑެތިކޮށް ކޮށާފައި)
1 މޭޒުމަތީސަމުސާ މުގުރި މިރުސް
½ 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ލޮނު
½ މޭޒުމަތީސަމުސާ މަސްޓަޑް ކްރީމް
2 މޭޒުމަތީސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީސަމުސާ ހޮޓް ސޯސް
1 ބިސް
3 މޭޒުމަތީސަމުސާ ގޮދަން ފުށް
5 ބަންސް
ލެޓިޔުސް ފަތް
2 ޓޮމާޓޯ
5 ޗީޒް ފޮތި
ތައްޔާރުކުރާނެގޮތް:
ކުކުޅު މަސްބުރިތައް މަތީ އެއްޗަކުން ތަޅާލައި ފަތިކޮށްލާށެވެ. އެއަށްފަހު ތައްޓަކަށް އަޅައި، މުގުރި މިރުސް، 1 މޭޒުމަތީ ސަމުސާ އަސޭމިރުސް، ލޮނު، މަސްޓަޑއް ކްރީމް، 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް، ހޮޓް ސޯސް އަޅައި އެއްކޮށްލާށެވެ. ދެން މެރިނޭޓް ކުރުމަށް 30 މިނެޓް ބަހައްޓާށެވެ. އެއަށްފަހު ތައްޓަކަށް ބިސް އަޅައި މުގުރި އަސޭމިރުސް ކޮޅަކާއި ލޮނާއި ސޯޔާ ސޯސް އެޅުމަށްފަހު ބިސް ރަނގަޅަށް ގިރާލާށެވެ. ދެން މެރިނޭޓްކުރި ކުކުޅުމަސްތައް ގިރި ބިހަށް ލާފައި ނަގާ ފާރޮށިކުނޑި އުނގުޅާށެވެ. ދެން ތާހެއްގައި ތެޔޮ ހޫނުކުރުމަށްފަހު ކުކުޅުމަސްތައް ތެއްލާށެވެ. އެއަށްފަހު ބަނަސްތައް ފަޅައި އެއްފަޅީގައި މަޔޯނައިސް އުނގުޅައި އޭގެމަތީގައި ލެޓިއުސް ޓޮމާޓޯ ނުވަތަ ކިޔުކަންބާ ބެހެއްޓުމަށްފަހު ތެއްލި މަސްފޮއްޗާއި ޗީޒް ފޮތި ބާއްވާށެވެ. ދެން ބަނަހުގެ އަނެއްފަޅީގައި ޓޮމާޓޯ ކެޗަޕް އުނުގުޅުމަށްފަހު މަތީގައި ބާއްވާ އިލޮށިކޮޅެއް މެދަށް ހަރާލާށެވެ.


