ބޭނުންވާ ތަކެތި:
ޕާން
ފެނުކެއްކި ބިސް
މެޔޮނައިސް
ލޮނު
އަސޭމިރުސް
ލެޓިއުސް
ތައްޔާރުކުރާނެ ގޮތް:
ފެނުކެއްކި ބިސް ކުދިކޮށް ކޮށާލުމަށްފަހު ރަހަހެޔޮވަރުވާ ވަރަށް މެޔޮނައިސް، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕާން ފޮތީގެ ތެރެއަށް ތައްޔާރުކުރި ބިސް ސެލެޑް ކޮޅު އަޅާލާށެވެ. އަދި ލެޓިއުސް ކޮޅު ކުދިކޮށް ކޮށާލުމަށްފަހު ބިސްކޮޅުގެ މައްޗަށް އަޅާލުމަށްފަހު އަނެއްޕާންފޮތި މަތީގައި ބާއްވާލާށެވެ. ބޭނުންވާނަމަ ސޭންޓްވިޗް ތައްޔާރު ކުރުމުގެ ކުރިން ޕާންފޮތި ޓޯސްޓް ކޮށްލެވިދާނެއެވެ. ނުަވަތަ ތައްޔާރުކޮށްލުމަށްފަހު ތަވާގައި ދެފުށް ފިހެލެވިދާނެ އެވެ.


