Tuesday, 28 July 2026
ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ކޮންމެ ކެއުމެއްގައި ވެސް ހިމަނަންވީ "ކަދުރު"

ދުނިޔޭގެ ޓްރޮޕިކަލް ގިނަ ސަރަޙައްދުތަކުގައި ހައްދާ ކަދުރު ގަހުގެ މޭވާކަމަށްވާ ކަދުރަކީ ޒަމާނުއްސުރެ ވެސް ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކެއުމެކެވެ. ހާއްސަކޮށް މުސްލިމުންނަށެވެ.

ކަދުރުގެ ތަފާތު ބާވަތްތައް ހުރެއެވެ. އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ކަދުރުގެ ތެރޭގައި ތެރޭގައި މެޑްޖޫލް އަދި ޑެގްލެޓް ނޫރު ކަދުރު ހިމެނެ އެވެ.

ކަދުރު އަކީ މީރު ފޮނި ރަހައެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން ބައެއް މުހިންމު ނިއުޓްރިއަންޓްސް ތައް ގިނަވެ، ތަފާތު ފައިދާތަކާއި ބޭނުންތައް އެކުލެވިގެންވާ މޭވާއެކެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ކަދުރުން ލިބޭ ބައެއް ސިއްހީ ފައިދާތަކާއި ގުޅޭގޮތުންނެވެ.

1. ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ

ކަދުރުގައި ވަރަށް ފައިދާ ކުރުވަނިވި ނިއުޓްރިޝަން ޕްރޮފައިލްއެއް ހުރެ އެވެ.

ހިކިފައި ހުރުމުން ކަުރުގެ ކެލޮރީގެ މިންވަރު ގިނަ ތާޒާ މޭވާތަކަށް ވުރެ ގިނައެވެ. ކަދުރުގެ ކެލޮރީގެ މިންވަރު ރެއިސިން އަދި ފިގްސް އާ އެއްވަރެވެ.

ކަދުރުގައި އެންމެ ގިނައިން ކެލޮރީސް ލިބެނީ ކާބްސް އިންނެވެ. ބާކީ ބަޔަކީ ވަރަށް މަދު ޕްރޮޓީންއެކެވެ. ކެލަރީސް ހުރި ނަމަވެސް ކަދުރުގައި ގިނަ އަދަދަކަށް ފައިބަރުގެ އިތުރުން މުހިއްމު ވިޓަމިންތަކާއި މިނަރަލްސް ހުރެއެވެ.

ކަދުރުގައި ވެސް އެންޓިއޮކްސިޑެންޓް ގިނަކަމުން އޭގެ ސަބަބުން ސިއްހަތަށް ލިބޭ ގިނަ ފައިދާތަކެއް ކޮށްދެ އެވެ.

2- ފައިބަރ އިން މުއްސަނދިވެފައި

އެކަށީގެންވާ މިންވަރަށް ފައިބަރ ލިބުމަކީ މުޅި ސިއްހަތަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

ގާތްގަނޑަކަށް 7 ގްރާމް ފައިބަރ 3.5 އައުންސްގެ ސާވިންއެއްގައި ހުރުމުން، ކެއުމުގައި ކަދުރު ހިމެނުމަކީ ފައިބަރ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ވަރަށް ރަނގަޅު ގޮތެކެވެ. ފައިބަރގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. އަދި ބޮޑުކަމުދާތަކެތި އުފެދުމަށް އެހީތެރިވެދީ، އާންމުކޮށް ބަނޑުގެ ހަރަކާތްތައް ޕްރޮމޯޓްކޮށްދެއެވެ.

މީގެ ކުރިން ހެދި ދިރާސާއަކުން ދެއްކިގޮތުގައި 21 ދުވަސް ވަންދެން ދުވާލަކު 7 ކަދުރު ބޭނުންކުރި 21 މީހަކަށް ބޮޑުކަމުދެވުން ރަނގަޅުވެ ރަނގަޅުވެ، ކަދުރު ނުކާ ދުވަހާ އަޅާބަލާއިރު ބަނޑުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

މީގެ އިތުރުން ކަދުރުގައި ހުންނަ ފައިބަރ އަކީ ލޭގައި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފައިބަރގެ ސަބަބުން ހަޖަމުވުން ލަސްވެ، ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު މާ ބޮޑަށް އުފުލިގެން ދިއުމުން ދުރުކޮށްދެއެވެ.

3- ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންޓިއޮކްސިޑެންޓްތައް ގިނަވުން

ކަދުރުން ތަފާތު އެންޓިއޮކްސިޑެންޓްތައް ފޯރުކޮށްދޭއިރު، އޭގެ ތެރޭގައި ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އަދި ގިނަ ބަލިތަކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

އެންޓިއޮކްސިޑެންޓްސް އަކީ ފްރީ ރެޑިކަލްތަކުން ސެލްތައް ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިބާވަތުގެ މޭވާއާއި އަޅާބަލާއިރު، ފިގްސް ހިކިފައި ހުންނަ ޕްލަމްފަދަ މޭވާތަކުގައި އެންޓިއޮކްސިޑެންޓް އެންމެ ގިނައިން އެކުލެވިގެންވެއެވެ

ކަދުރުގައި ހިމެނޭ އެންމެ ބާރުގަދަ ތިން އެންޓިއޮކްސިޑެންޓް:

ފްލެވޮނޮއިޑްސް: ފްލެވޮނޮއިޑްސް އަކީ އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދޭ ބާރުގަދަ އެންޓިއޮކްސިޑެންޓްތަކެކެވެ. މީގެ ސަބަބުން ހަކުރު ބައްޔާއި އަލްޒައިމާސް ޑިޒީޒް އަދި ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ.

ކެރޮޓީނޮއިޑްސް: ކެރޮޓީނޮއިޑްސް އަކީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ. އަދި ލޮލާއި ގުޅުންހުރި ބަލިތައް ކަމަށްވާ މެކިއުލާ ޑިޖެނެރޭޝަން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.

ފީނޮލިކް އެސިޑް: އެންޓި-އިންފްލެމޭޓަރީ ގުނަވަންތަކަށް މަޝްހޫރު، ފީނޮލިކް އެސިޑްގެ ސަބަބުން ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

4- ސިކުނޑީގެ ދުޅަހެޔޮކަން ކުރިއެރުވުން

ކަދުރު ކެއުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދެއެވެ.

ލެބޯޓްރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑީގައި ހުންނަ އިންޓަލިއުކިން 6 (އައިއެލް-6) ފަދަ އިންފްލެމޭޓަރީ މާކަރުތައް ދަށްކުރުމަށް ކަދުރު އެހީވެދެ އެވެ. އައިއެލް-6 ގެ މިންވަރު މަތިވުމަކީ އަލްޒައިމާ ފަދަ ނިއުރޯޑިޖެންރޭޓިވް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *