ފަލަސްތީނުގެ ދެ ކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު 27 އަށް އަރާފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާގެ ކަމަލް އަދްވާން ހޮސްޕިޓަލުގައި ދެ ކުއްޖަކު މަރުވެފައިވަނީ މެލްނިއުޓްރިޝަން އާއި ޑީހައިޑްރޭޝަން އަދި އެކަށީގެންވާވަރަށް ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ.
ޣައްޒާގައި، ޚާއްޞަކޮށް އުތުރުގެ ސަރަޙައްދުގައި ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި، ތެލުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް ޣައްޒާގެ އުތުރާއި ދެކުނުން 1.3 މިލިއަނަށްވުރެ ގިނަ މީހުން، ހާއްސަކޮށް ރަފާއަށް ބަދަލުވުމާ ގުޅިގެން، އެންކްލޭވްގެ ދެކުނު ސަރަޙައްދަށް ވެސް އެކަށީގެންވާ ވަރަށް ނުލިބެއެވެ.
ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އިންސާނީ އެހީ ވަނުމަށް އިސްރާއީލުގެ ބާރުތަކުން ހުރަސް އެޅުމުގެ އިތުރުން، އެހީއަށް ބޭނުންވާ ސާމާނު ގެނައުމުގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް ވެސް ހަމަލާތައް އަމާޒުކުރެއެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ އާންމުންނެއް ހިތާމަވެރި ގޮތަކަށް މަރުވެ އެތައް ބަޔަކު ވަނީ ޒަޙަމްވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، އިޒްރޭލުގެ ހަމަލާތައް ފެށުނީއްސުރެ އުމްރާނީ ވަސީލަތްތައް ހަލާކުވެ، ފެނާއި ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން ކުރިމަތިވެފައިވާ އުތުރުގެ ސަރަހައްދުގައި މެލްނިއުޓްރިޝަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ އިންޒާރު ދީފައެވެ.


