Tuesday, 28 July 2026

މެލޭޝިއާގެ މުސްލިމުންނަށް ރަމަޟާން މަސް އަންގާރަ ދުވަހު

މެލޭޝިއާގެ މުސްލިމުން މި ރަމަޟާން މަހުގެ ރޯދަ ހިފަން ފަށާނީ އަންނަ މާރޗް 12 ވާ އަންގާރަ ދުވަހު ކަމަށް އެ ޤައުމުގެ ރޫލަރސް ސީލް ބަލަހައްޓާ ފަރާތުން ކަނޑައަޅައިފިއެވެ.

ތާން ސްރީ ސައީދު ދާނިއަލް ސައީދު އަހްމަދު ވިދާޅުވީ އެ ތާރީހަކީ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހިމްގެ އަމުރުގެ ދަށުން ރަސްގެފާނުގެ ރުހުން ހޯއްދެވުމަށްފަހު ކަނޑައެޅުއްވި ތާރީޚެއް ކަމަށެވެ.

މިކަން ހާމަކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ރޭޑިއޯ ޓެލެވިޝަން މެލޭޝިއާ (އާރްޓީއެމް) އިން ލައިވްކޮށެވެ. ރޫލަރސް ސީލް ބަލަހައްޓާ ފަރާތުގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެލޭޝިއާގައި ރަމަޟާން މަސް ފެށުމުގެ ހަނދު ބެލުން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

އެގޮތުން ޕޮންޓިއަން ކެސިލް، ޖޯހޯރު އަދި މެލަކާގެ ތަންޖުންގް ބިދާރާ، ކަމްޕުންގް ބާތޫގައި ހުންނަ ފަލަކް އަލް ޚަވާރިޒްމީ ކޮމްޕްލެކްސް ހިމެނޭ ގޮތަށް އެ ޤައުމުގެ 29 ތަނެއްގައި ހަނދު ބެލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގެ މުސްލިމުން ފާއިތުވި ތިން ރަމަޟާން މަސް ހޭދަކުރީ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް (އެސްއޯޕީ) ގެ ދަށުން ކަމަށާއި، ބަލިމަޑުކަމަށް ފަހު ގައުމު ކުރިއަށް ދާވަރަކަށް ލުއިތަކެއް ލިބޭނެ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *