Thursday, 29 October 2026

އަންނަ އަހަރަށް ލަފާކޮށް 59.7 ބިިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ 2027ވަނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ހަސަން ޒަހީރު ހުށަހެޅުއްވީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އާމްދަނީއަކީ 43.2 ބިލިއަން ރުފިޔާއެވެ. އެއީ ޓެކުހުގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތްގޮތަށް 9.1 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 349.3 މިލިއަން ރުފިޔާއެވެ.

ހަރަދުވާނެ ކަމަށް ލަފާކުރަނީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހިންގުމުގެ ހަރަދަކީ 42.7 ބިލިއަން ރުފިޔާއެވެ. ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތަކަށް 9.9 ބިލިއަން ރުފިޔާ، އަދި އޭގެ ތެރެއިން ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ކަނޑައަޅާފައިވަނީ 8.2 ބިލިއަން ރުފިޔާއެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ ފަށާފައިވާ މަޝްރޫއުތަކުގެ %70 ނިންމުން ކަމަށެވެ. މިއީ ދައުލަތުގެ މާލީ ކެރިފޯރުންތެރިކަން ދަމަހައްޓާ، ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ، ގައުމުގެ ތަރައްގީ ކުރިއަށްގެންދެވޭނެ، އަދި ނަތީޖާ ނެރެވޭނެކަން ކަށަވަރުކޮށްދޭނެ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *