މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށްގެންދިޔަ ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކަކީ:
- އިޤްތިޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް، ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއި ދެމެދު ވެވުނު އެއްބަސްވުން
- ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމާއި، ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން
- އަސާސީ ކާބޯތަކެއްޗާއި، އާންމު މުދާ އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި، ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުން
- ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން
- މަހުގެ އުފެއްދުންތައް ބޭރު ކުރުމަށް ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިގުތިސޯދީ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެންނެވެ. މި އިވެންޓުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާިއރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނީގެ މަންދޫބުން ހިމެނެއެވެ.


