Tuesday, 28 July 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ސީއެންއެން

އީރާނުގެ ޔުރޭނިއަމް ހޯދުމަކީ ދިގު އަދި އުނދަގޫ މަރުހަލާއަކަށް ވާނެ: ޓްރަމްޕް

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށްފަހު، އެ ގައުމުގެ ޔުރޭނިއަމް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ ދިގު އަދި އުނދަގޫ ކަމަކަށް ވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޮޕަރޭޝަން މިޑްނައިޓް ހެމަރ އަކީ އީރާނުގެ ނިއުކްލިއާ ޑަސްޓް ސައިޓްތައް އެއްކޮށް ސުންނާފަތިކޮށްލި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި ސަބަބަށްޓަކައި އެ ތަންތަނުން ޔުރޭނިއަމް ނެގުމަކީ ދިގު މުއްދަތެއް ހޭދަވާނެ އުނދަގޫ މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އީރާނުން ރައްކާކޮށްފައިވާ މުއްސަނދިކުރި ޔުރޭނިއަމްގެ ސްޓޮކަށް ނިސްބަތްކޮށް ޓްރަމްޕް އާންމުކޮށް ބޭނުންކުރައްވަނީ "ނިއުކްލިއާ ޑަސްޓް" ނުވަތަ ނިއުކްލިއާ ކުނޑީގެ ނަމުންނެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން މި ތަކެތި ރައްކާކުރަނީ އެޓަމިކް ބޮމެއް އުފެއްދުމުގެ ބޭނުމުގައެވެ.

މިދިޔަ އަހަރު އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕްގެ މި ވާހަކަފުޅުން ދޭހަވަނީ އެ ސައިޓްތަކުން ޔުރޭނިއަމް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ކުރިއަށް ގެންދާނެ ކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *