Tuesday, 28 July 2026

ޑރ. ސަލްމާ ރަޝީދަށް އަލުން މަގާމު ދީފި

ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، އަލުން އެ މަގާމު އޭނާއަށް ދީފިއެވެ. ޑރ. ސަލްމާ މަގާމުން ވަކިކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައެވެ.

ސަރުކާރުން ޑރ. ސަލްމާ މަގާމުން ވަކިކުރީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން، އޭނާގެ ދައްތަ އަދި މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވި މައްސަލައާ ގުޅިގެން ކަމަށް ބެލެވެއެވެ. ނަމަވެސް، މިހާރު ވަނީ އޭނާގެ މަގާމު އަލުން އިޔާދަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޑރ. ސަލްމާގެ އިތުރުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް މި މަހުގެ ހަވަނަ ދުވަހު މަގާމުން ވަކިކުރިއެވެ. މުންދުއަކީ އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ.

މުންދު އާއި ސަލްމާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅު ސަފީރުކަމުގެ މަގާމުތަކަށް އައްޔަނުކުރެއްވި ދެ ބޭފުޅުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *