ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް 3 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ، ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، ތިން ބޭފުޅަކު ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ފޯމު ހުށަހަޅުއްވާފަ ކަމަށެވެ.
އެއީ:
- ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- އެސިސްޓެންޓް ކޮމިޝަނަރު އަބްދުالله ޝަރީފް
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެމަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލި މުއްދަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން އެ އިއުލާނު މިއަދަށް ވަނީ ދަންމާލާފައެވެ.
މިހާރު ފުލުހުންގެ އިދާރާ ހިންގުމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ.


