Tuesday, 28 July 2026
މާލެ ސިޓީ

މާފަންނު ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައ ިމި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 13 ވަނަ ދުވަހުގެ މެންދުރު 13:01 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ. އޭނާ ފެނުނުއިރުވެސް އޮތީ ނިޔާވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ބުނިގޮތުގައި ގޮތުގައި، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރި ތަހުގީގުން ފާހަގަކުރެވިފައެއް ނުވެއެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *