ރ. ވާދޫން އިއްޔެ ފަތިހު އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.
އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ރިޕޯޓް ލިބުމާ އެކު، ކަމާ ބެހޭ ޑިޕާޓްމަންޓްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރަން ވަނީ އެދިފައެވެ.


