Tuesday, 28 July 2026
ފޮޓޯ: ރާއްޖެ24

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ސްޓިކްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 99,000 ސިނގިރޭޓް ސްޓިކްސް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ކަނޑުމަގުން ގެނައި މުދަލުގެ ތެރޭގައި ފޮރުވައިގެންނެވެ.

މިދިޔަ ދޮޅުމަސްތުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިޔަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *