Tuesday, 28 July 2026
ފާޠިމަތު ނޫރާ، ޅ. ނައިފަރު، 32.އ

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލޭގައި ދިރިއުޅެމުންދާ އަންހެނަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހޯދަމުންދަނީ ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފާޠިމަތު ނޫރާއެވެ.

ނޫރާ ގެއްލިގެން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:19 ހާއިރުއެވެ. އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވަނީ ރޭ އަށްގަޑިބައި އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ފަހުންނެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަކަށް އެ މައުލޫމާތު ހިއްސާކޮށް ނޫރާ ހޯދުމުގެ މަސައްކަތް ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *