Tuesday, 28 July 2026
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބ.ކުޑަރިކިލު, އަލީ ނާޖިހު އަޖަމަދު (29އ) -- ފޮޓޯ: ފޮލިސް

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު, އަލީ ނާޖިހު އަހުމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.

ފުލުހުން ރޭ ބުނީ އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އޭގެ ފަހުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފައި ކަމަށާއި މި މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އެ މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *