މާލެ ކައިރިން ކަނޑުމަތީގައި ދޯންޏަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މާލެ އާއި ފުނަދޫއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:15 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ދެ ފިރިހެނުންނަށެވެ. އެމީހުންނަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަނިޔާވި ދެ މީހުންގެ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުންނާއި ފުލުހުންގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ ފަރުވާގެ ކަންކަން ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައެވެ.


