Tuesday, 28 July 2026

ދިވެހިރާއްޖެއާއި އިންޑިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ކްރިކެޓް މެޗެއް ބާއްވައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އިންޑިއާ ހައިކޮމިޝަންއަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ބައްދަލުކުރި ޚާއްޞަ ޓީ20 އެގްޒިބިޝަން ކްރިކެޓް މެޗެއް ބާއްވައިފިއެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ޖީ. ބާލަސުބްރަމާނިއަމް އާއި، އިންޑިއާ އެމްބަސީގެ އިސް ބޭފުޅުންގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމާއި ސިޔާސީ ގުޅުން ކުޅިވަރުގެ ޒަރީޢާއިން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ރަމްޒެކެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މި މެޗަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ފާހަގަކޮށް، އިޖުތިމާޢީ އަދި ސަގާފީ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީންް ފާހަގަކުރެއެވެ. މިފަދަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް އާލާވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *