Tuesday, 28 July 2026

މިނިސްޓަރ ޑރ. ޚަލީލް ސައުދީގެ ފޮރިން މިނިސްޓްރީގެ ނައިބާ ބައްދަލުކުރައްވައިފި

ސްލާމީ އެއްބާރުލުންދޭ ޖަމިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 22 ވަނަ ކުއްލި ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖޭގެ މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް، ސައުދީ އަރަބިއްޔާގެ ފޮރިން އެފެއާޒްގެ ނައިބު ވަލީދު އަލްޚުރައިޖީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ޚާއްޞަކޮށް ދެ ޤައުމުންވެސް ޝައުޤުވެރިވާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.

ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވީ، ސައުދީގެ ފޮރިން މިނިސްޓްރީގެ ނައިބާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އަލުން ކަށަވަރުކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެންގެ މަޝްވަރާތައް ބިނާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށާއި، ދެ ފަރާތަށްވެސް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. މިއީ ދެ ޤައުމު ގުޅުވައިދޭ ވަރުގަދަ އަޚުވަންތަ ގުޅުން ހާމަކޮށްދޭ ކަމެކެވެ."

މި ބައްދަލުވުމަކީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ރާއްޖެއާއި ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ބައިނަލްއަޤުވާމީ މައިދާނުގައި ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *