Tuesday, 28 July 2026
ހުވާކުރުމުގެ ރަސްމިއްޔާތު - މޯލްޑިވްސް ޕޮލިސް ސަރވިސް

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 މުވައްޒަފުން މަޤާމުގެ ހުވާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ޖުމްލަ 66 މުވައްޒަފުން ވަނީ މަޤާމުގެ ހުވާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ފިރިހެން ފުލުހުންނާއި 14 އަންހެން ފުލުހުންނެވެ. މި މުވައްޒަފުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ހުރިހާ ފުލުހުންވެސް ވަނީ ހުވާގެ އިޤުރާރުގައި ސޮއިކޮށްފައެވެ. މިއީ ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ޙަވާލުވުމުގެ ކުރިން، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެ މުހިންމު އެއް މަރުޙަލާއެވެ.

މި ރަސްމިއްޔާތަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އާ މުވައްޒަފުން މަސައްކަތުގެ މައިދާނަށް ނެރުމުގެ މަޤްޞަދުގައި ބޭއްވުނު ރަސްމިއްޔާތެކެވެ. މަޤާމުގެ ހުވާކުރުމާއެކު، މި ފުލުހުން ދެން ކުރިއަށްދާނީ އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމުގެ މަރުޙަލާއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *