Tuesday, 28 July 2026
ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ވެނެޒުއެލާ ރައްޔިތުން މަގުމަތީގައި - ބީބިސީ

އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި އޮޕަރޭޝަނުގައި އެމެރިކާގެ ޚާއްޞަ ފައުޖުތަކުން ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްފައެވެ. މި ހަމަލާތަކުގައި އެމެރިކާގެ ފައިޓަރ ޖެޓްތަކުން ވަނީ ވެނެޒުއޭލާގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބޮން އަޅާފައެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސާގެ ގޮތުގައި ކަނޑައަޅާފައިވާ ޑެލްސީ ރޮޑްރިގޭޒް ވަނީ އެމެރިކާގެ މި އަމަލަކީ ޒަޔަނިސްޓް ނުފޫޒު އޮތް ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރޮޑްރިގޭޒް އެމެރިކާއަށް އެއްބާރުލުން ނުދީފިނަމަ ބޮޑު އަދަބެއް ލިބިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި ހަމަލާއާ ގުޅިގެން ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ބޭރުގެ އުދުވާނާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.ބައިނަލްއަޤްވާމީ ދުނިޔެއިން މި ހަމަލާއާ މެދު ތަފާތު ޚިޔާލުތަކެއް ވަނީ ފާޅުކޮށްފައެވެ.

ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކަކުން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ޔޫރަޕްގެ ބައެއް ޤައުމުތަކުން މަޑޫރޯގެ ވެރިކަން ނިމުމަކަށް އައުމަށް މަރުޙަބާ ކިޔާފައިވެއެވެ. ނަމަވެސް އެ ޤައުމުތަކުން ވެސް ވަނީ މި އޮޕަރޭޝަނުގެ ޤާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާފައެވެ. މީގެ އިތުރުން އެމެރިކާގެ ޑިމޮކްރެޓިކް މެންބަރުންވެސް ވަނީ މިއީ ޣައިރު ޤާނޫނީ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ހަމަލާގެ ފަހަތުގައި އޮތް މައިގަނޑު އެއް ސަބަބަކީ ވެނެޒުއޭލާގެ މުއްސަނދި ތެލުގެ ރިޒާވް ކަމަށް ބެލެވެއެވެ. ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ބަދަލާއެކު އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ތެޔޮ ނެގުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ދުނިޔޭގެ ތެލުގެ ރިޒާވްގެ 17 އިންސައްތަ ހިއްސާކުރާ ވެނެޒުއޭލާއަކީ ސައުދީ އަރަބިއްޔާއަށްވުރެ ވެސް ގިނައިން ތެޔޮ ހުރި ޤައުމެކެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ޗައިނާ އާއި ރަޝިއާ ފަދަ އެމެރިކާގެ ވާދަވެރިން ވެނެޒުއޭލާގެ ތެލުގެ ސިނާޢަތް ކޮންޓްރޯލް ކުރުމަށް ފުރުޞަތެއް ނުދޭނެ ކަމަށެވެ. އެމެރިކާއިން މިހާރު ވަނީ ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުން ހުއްޓުވުމަށް "ކަރަންޓީނެއް" އިޢުލާންކޮށްފައެވެ. މި އަމަލުތަކާ ގުޅިގެން ޗައިނާއާއި ރަޝިއާއިން ވަނީ އެމެރިކާގެ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ

ެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *