Tuesday, 28 July 2026

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ބައިވެރިން ތަމްރީނަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވާ ޒުވާނުން، އެމީހުންގެ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުއްޓަށް މިއަދު ފުރައިފިއެވެ. މި ބުރުގައި ޖުމްލަ 350 ޒުވާނުން ބައިވެރިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި މަސައްކަތުގެ މާހައުލަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މާފިލާފުއްޓަށް ފުރި މި ބައިވެރިން އެ ރަށުގައި ތިން މަސްދުވަހުގެ މުއްދަތަށް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެ ބުރުގައި 344 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. އޭގެ ތެރެއިން 66 ބައިވެރިޔަކު މިހާރު އަންނަނީ ބ. ކިހާދޫގައި ތަފާތު ފަންނީ ދާއިރާތަކުން އިތުރު ތަމްރީނުތައް ހާސިލުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *