ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި، އަދި އެ އެ މިނިސްޓްރީގެ އިސްވެރިން އެށްރަށު ދަނޑުވެރިކަމުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
އެގޮތުން މިނިސްޓަރ ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި ގަން، އިސްދޫ، ފޮނަދޫ އަދި ކުނަހަންދޫ ހިމެނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ކައުންސިލްތަކާއި ދަނޑުވެރިންގެ އެދާއިރާގައި މެދުވެރިވާ ގޮންޖެހުންތައް އަައްސަވާފައެވެ. އަދި ދަނޑަށް ގެއްލުންދޭ ޕެސްޓްތަކުގެ މަޢުލޫމާތުގެ އިތުރުން ދަނޑުތަކުގައި ހައްދާ ތަކެއްޗަށް މާކެޓް ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ދަނޑުވެރިންވަނީ ހިއްސާކޮށްފައެވެ. އޭގެއިތުރުން ވުޒާރާގެ ފޯރުކޮށްދެވެން ހުރި ހިދުމަތްތަކާއި ފުރުސަތުތަކާއި، ދަނޑުވެރިކަން އެރަށެއްގައި ކުރި އެރުވުމަށް ކުރެވިދާނެ ކަންތައްތައް މިނިސްޓަރ ވަނީ ސާފުކޮށްދީފައެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ބައެއް ރަށްރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުތަކުގެ ހާލު ބައްލަވާލައްވާފައެވެ.
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ވުޒާރާގެ ބައެއް ވެރިންނާއި، ދަނޑުވެރިކަމާއި ބެހޭ ޑިޕާޓްމަންޓުތަކުގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.


