Tuesday, 28 July 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން: -- ފޮޓޯ: މިހާރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މި ތަކެއްޗަކީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެއްޗެވެ.

ކަސްޓަމްސް އިން މިއަދު ދިން މައުލޫމާތުތަކަށް ބަލާއިރު، މި މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ ޖުމްލަ ތިން ކިލޯގެ މަސްތުވާތަކެއްޗެވެ. މި އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ކެނަބިސް ކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފަ އެވެ.

މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ގޮތާއި، މިކަމާ ގުޅިގެން ހައްޔަރުކުރެވުނު މީހެއްގެ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *