ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ރ. ދުވާފަރުގައި ބަސް ދަތުރުގެ ހިދުމަތް ފަށައިފި އެވެ. އެ ހިދުމަތް ދުވާފަރުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހަތަރުހާހަށް ވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކުރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެމްޓީސީސީ މެދުވެރިކޮށް ދޭ މި ހިދުމަތް ބައެއް ސިޓީތަކާއި އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި މިހާރުވެސް އަންނަނީ ދެމުންނެވެ.
އާރްޓީއެލްގެ ދަށުން އެންމެ ފުޅާކޮށް ދެނީ ފެރީގެ ހިދުމަތެވެ.


