Tuesday, 28 July 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނިއްޖެ

ހުޅުމާލެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހުގެ 12:14 ހާއިރުއެވެ.

އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ނިސްބަތްވާ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓް ލިބުމާއެކު، ފުލުހުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މަރުވެފައިވާ މީހަކީ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *