ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުން ފަނޑިޔާރު ހުސައިން ފާއިޒު މަގާމުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމެވުމުގައި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އަމަލުކުރެއްވިކަން ކޮމިޝަނުގެ ތަހުގީގަށް ސާބިތުވުމުންނެވެ.
ގާޒީ ފާއިޒުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
3.1 ގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ފާއިޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.


