Thursday, 29 October 2026

ކުޑަ ކުއްޖަކަށް ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ބަލަނީ

ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް، ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ރޭ ބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގެ ޖިނާޢީ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ. މިމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަމަށްވުމުން އެކަމާ ގުޅިގެން އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *