Tuesday, 28 July 2026

ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

މިއަދު ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ފަޔާފައިޓަރުން މިވަގުތު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ކައިރީގައިވާ ފަޅުތެރޭގައި އޮތް ބޯޓެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އުޅަނދުން ވަރަށް ބޮޑަށް ކަޅު ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

އެމްއެންޑީއެފުން މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ، ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވުމާ ގުޅިގެން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ. އެމީހުން ދަނީ އަލިފާން އެއްކޮށް ނިއްވާލުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *