Tuesday, 28 July 2026

ދިވެހިބަހުން ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާ، ޑރ. އާމިނަތު ޒާހިރަށް ސަރުކާރުން ހަނދާނީ ފިލައެއް އަރުވައިފި

ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވި ޑޮކްޓަރ އާމިނަތު ޒާހިރަށް، ސަރުކާރުން ހަނދާނީ ފިލައެއް އަރުވައިފިއެވެ. މި ފިލާ އެރުވީ، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޑޮކްޓަރ އާމިނަތު ޒާހިރަށް މި ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ޑޮކްޓަރ އާމިނަތު ޒާހިރަށް މި ޝަރަފުވެރިކަން އަރުވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ހާސިލުކުރެއްވުމުގެ ޝަރަފު އެކަމަނާ ހޯއްދަވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ ދިވެހިބަހުގެ ދިރާސާތަކަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޑޮކްޓަރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންޖެހޭނެ ގޮތްތަކާއި، ބަހަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމެވެ. އެކަމަނާގެ މި ދިރާސާގެ ނަތީޖާއަކީ ދިވެހިބަހުގެ ތަރައްޤީއަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ އެއްޗެއްކަމަށް ބެލެވޭއިރު، ޤައުމީ ބަހުގެ ދާއިރާއަށް މުހިންމު އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

ދިވެވެހިބަހުން ޕީއެޗްޑީ ހާސިލުކުރެއްވުމުގެ މި ކާމިޔާބީއަކީ، ޤައުމީ ބަހަށް ދިވެހިންގެ ތެރެއިން ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ސަރުކާރުން މިފަދަ ޢިލްމީ ޚިދުމަތްތައް ފާހަގަކޮށް ހަނދާނީ ފިލާ އަރުވައިގެން، ޤައުމީ ބަހާއި ޢިލްމީ ދިރާސާތަކަށް ދެވޭ އިސްކަން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *