Tuesday, 28 July 2026

ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ހަދާފައިވާ ހިޔާ މަޝްރޫޢުގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނު 8:32 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު އެ މުއައްސަސާއަށް ލިބުނެވެ. މި ހާދިސާގައި ވެއްޓުނު މީހާ ވަގުތުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މަރުވި މީހާއަކީ 33 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އޭނާގެ ނަމާއި އެހެނިހެން ތަފްސީލުތައް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އޭނާ މަރުވިކަން ކަށަވަރުކޮށްދިނީ ހޮސްޕިޓަލުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާފައިވާ ގޮތް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ފުލުހުން އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *