މިމަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައިބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.
މިމަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި އެ އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރެއިން 15 ދުވަހަށް ބަންދުކުރީ:
- ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
- އަޒީމް އަލީ
- އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
- ޙަސަން ޝާކިރު
އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ފުލުހުންގެ ފަރާތުން ކޯޓުގައި އެ މީހުން އިތުރު 15 ދުވަހު ބަންދުގައި ބޭތިއްބުމަށް އެދިފައި ވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ވަކި ޝަރުތުތަކަކާއެކު އެމީހުން ބަންދުން ދޫކޮށްލައިފައެވެ.


